ރާއްޖެ

ދިރާގު ގުޑިފެސްޓް މިއަދު ހަވީރު ހުޅުމާލޭގައި، ހުރިހާ ކުދިން އަންނަންވާނެ

ދިރާގުން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ބާއްވަމުން އަންނަ ގުޑިފެސްޓު މިއަދު ހަވީރު އޮންނާނީ ހުޅުމާލޭގައެވެ.

 

ގިނަބައެއްގެ ހާއްސަކޮށް ކުޑަކުދިން މަގުބޫލުކަން ލިބިފައިވާ މި ހަރަކާތަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭގޮތަށް އޮންނަ އިވެންޓެކެވެ.

 

ހުޅުމާލޭގައި މި އިވެންޓު އޮންނާނީ މިއަދު ހަވީރު 5 ން 6 ޖަހަންދެން ދިރާގު ބީޗުގައި، ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގައެވެ. މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް މުޅިން ހިލޭ ލިބޭނެއެވެ.

 

ގުޑިއެރުވުމަކީ ރަމަޟާން މަހު އެވޭލާ ދުވަސްވަރު ރޯދަ ކުރުކުރުމަށް ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެކެވެ. އެހެންކަމުން ދިރާގުން މިކަން ދިރުވާ، އާލާކުރުމުގެ މަސައްކަތް ފަާފައިވަނީ 2023 ވަނަ އަހަރުއެވެ.

 

ދިރާގުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހަރަކާތް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ އުސްފަސްގަނޑުގައި ބާއްވާފައެވެ.

 

 

ކޮމެންޓް