ރިޕޯޓް ރާއްޖެ

ރާއްޖެއަށް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް – މިފަހަރު ހަވާއެރުވުމުން

ރާއްޖޭއަކީ އާބާދީ ކިތަންމެ މަދުނަމަވެސް، ދުނިޔޭގެ ނިސްބަތުން ބޮޑެތިކަންކަން ކުރުމުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. ރާއްޖެއިން ކަންކަން ކުރަނީ ބޮޑުކުޑަ ބަލައިގެނެއް ނޫނެވެ. އެ އިރެއްގައި އޮންނަ ސަރުކާރަކުން އަބަދުވެސް ކަންކަން ކުރާނީ ގައުމަށާއި ރައްޔިތުންނަށް ލާފައާއި މަންފާ އަދި ތާރީހަށްޓަކައެވެ.

 

އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން މިވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް ހޯދާފައެވެ. އެއީ އެންމެ ގިނަ ސަރަހައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އެރުމުގެ ރެކޯޑެވެ. ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ މިއުޒިކާއެކު، އެއްފަހަރާ 19 ސަހައްދެއްގައި ހަވާ އަރުވާފައެވެ. އެއީ ހުޅުލެ، މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭހެންނެވެ.

 

އެހެންކަމުން ގިނިސް ވޯލްޑް ރެކޯޑް އިން ވަނީ އެއީ ދުނިޔޭގެ ރެކޯޑެއްކަމަށް ނިންމައި، ފަރާތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީލް) އަށް މިކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އަދި މި ލިޔުން ހަވާލުކުރީ އައު ޓަރމިނަލްގެ ފުރަތަމަ އެއަރލައިން އަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

 

މި ރެކޯޑްގެ ލިޔުން ދިވެހިރާއްޖެއާ ހަވާލުކޮށްދެއްވީ، އެޑްޖޫޑިކޭޓަރ ފޮރ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީއެވެ.

 



އެމެއެލްއޭސީއަށް މިލިބުނީ ވޯލްޑް ރެކޯޑްގެ މުޅިން އައު ޓައިޓަލްއެކެވެ. ރެކޯޑް ހާސިލްކުރުމަށް އެންމެ މަދުވެގެން 5 ތަނުގައި ސިންކްރޮނައިޒްޑް ހަވާ އެރުވަންޖެހޭނެކަމަށް ގިނިސް ވޯލްޑް ރެކޯޑްސް އިން ކަނޑައެޅިނަމަވެސް، ރާއްޖެއިން ރެކޯޑް ފޮތަށް އެރީ 9 ތަނެއްގައި އެއްފަހަރާ ހަވައެރުވުމުގެ ހަރަކާތް ބާއްވައިގެންނެވެ.



މި ރެކޯޑް ހާސިލްކުރުމަށް ވިޓްނަސްއިންގެ ގޮތުގައި 32 މީހުން އެޓީމުގައި ބައިވެރިވެފައިވެއެވެ. މި ފަރާތްތަކުން ވަނީ ރެކޯޑް ފޮތުގެ ގައިޑްލައިން ފުރިހަމަވާކަން ކަށަވަރުކޮށްފައެވެ. ވީއައިއޭގެ ތާރީޚީ އިވެންޓް ކުރިއަށްގެންދިޔައީ ކުލަގަދަ އެތަށް ހަރަކާތްތަކާއެކުގައެވެ. އެގޮތުން ހަވައިގެ ކުޅިވަރުގެ އިތުރުން ތިއޭޓަރ ޕަރފޯމަންސްއަކާ، ލައިޓް ޝޯވއާއި، ލައިވް ޑްރޯން ޝޯވ ވަނީ ކުރިއަށްގެންގޮސްފައެވެ.

 


  • ވީއައިއޭ
  • އެމްއޭސީއެލް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް