ރިޕޯޓް

އިނގުރު ސައިބޯނި ބޭސް

ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސްތަކަކީ ހުރިހާ ގޮތަކުން ރައްކާތެރިއެއްޗަކަށް ވާންޖެހެއެވެ. އެހެންވީމާ ގަސްތަކަށް ޖަހާ ބޭހަކީ ރައްކާތެރި އެއްޗަކަށް ހެދުމަށް ބަޔޯޕެސްޓިސައިޑް ނުވަތަ ރައްކާތެރި ބޭހެއް ބޭނުންކުރުން ވަރަށް މުހިންމެވެ.

 

މިފަހަރު މި ބަލާލަނީ އިނގުރު ސައިބޯނި ބޭސް ތައްޔާރުކުރާނެގޮތެވެ.

 

ބޭނުންވާ ތަކެތި

 

50 ގްރާމް އިނގުރު، 12 މިލިލީޓަރު ދިޔާ ސައިބޯނި، 3 ލީޓަރު ފެން

 

ބޭސް ތައްޔާރު ކުރާނެ ގޮތް

އިނގުރު ހިމުންކޮށް ފުޑާފައި، ފެނާއި އެއްކުރުމަށްފަހު ސައިބޯނި އަޅާ ގިރާލާށެވެ.

އެއަށްފަހު ފުރާނާލާށެވެ.

ބޭނުންކުރާނެގޮތް

ބަލި ޖެހިފައިވާ ގަސްތަކަށް ރަނގަޅަށް ސްޕެރޭ ކޮށްލާށެވެ.

މި ބޭހުން ކޮންޓްރޯލް ކުރެވޭނީ

އެޕިޑްސް، ޕްލާންޓް ހޮޕަރސް، ހުދު ކޫޑި، ނެމަޓޯޑް، މެންގޯ އެންތުރެކްނޯސް، ޔެލޯ ވެއިން މޮސެއިކް އަށެވެ.

 

މައުލޫމާތު: ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ

 


ކޮމެންޓް