ކުޑަކުޑަ ރާއްޖެއިން އަނެއްކާ ވެސް އިންޑިއާ ލަދުގަންނަވާލައިފި

މިހާރުކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި މިއަދު ކުޅުނު މެޗުގައި ރާއްޖެއިން ވާދަވެރި އިންޑިއާގެ މައްޗަށް ކުރިހޯދައިފިއެވެ.

 

ބެންކޮކުގެ ނޮންތަބުރީ ހޯލުގައި ކުޅުނު މި މެޗު 0-5 ގެ ނަތީޖާއަކުން ރާއްޖެ ކާމިޔާބުކުރިއިރު، ރާއްޖޭގެ ޓީމުން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާ ރާއްޖެއަށް ލީޑު ނަގައިދިނީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ. ފުރަތަމަ ހާފު މި ނަތީޖާގައި ނިމުނުއިރު، ދެވަނަ ހާފުގައި ޝާފިއު ރާއްޖޭގެ ދެވަނަ ލަނޑުޖަހައިދީ ލީޑުފުޅާކުރިއެވެ. އަދި އޭގެ 3 މިނެޓުފަހުން އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ތިންވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދީފައެވެ.

 

ރާއްޖެ ޓީމުގެ 4 ވަނަ ލނަޑު ކެޕްޓަން އިންމަ ޖަހައިދިނީ ޕަވަރ ޕްލޭ އެއްގައި އިންޑިއާގެ ކުޅުންތެރިން ކުރިއަށް އަރާހުރި ވަގުތުއެވެ. ރާއްޖެއިން ޖެހި 5 ލަނޑަކީ ވެސް، ޕަވަރ ޕްލޭގައި އިންޑިއާ ކުޅުންތެރިން އަޙްމަދު ހަމީދު (އައްމަޑޭ) އެވެ.

 

މި މެޗުން މޮޅުވުމާއެކު މި މުބާރާތް ރާއްޖެއަށް ކާމިޔާބުކުރެވިދާނެކަމުގެ އުއްމީދު މިވަނީ އައުވެފައެވެ. ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ، 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގާ ވަނީ ހަމަޖެހިލާފައެވެ.

 


  • ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
  • ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް
  • އިންޑިއާ
  • ކޮމެންޓް