މިދިޔަ އަހަރުގެ ފަހު ކްއާޓަރގައި އެސްޓީއޯގެ އާމްދަނީ 4.1 ބިލިއަން ރުފިޔާ

ފައިބެއަހަރުގެ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

 

އެ ކުންފުނިން ބުނީ މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު، 8 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ. އަދި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެފައިވުން ކަމަށެވެ. އެގޮތުން ތެލުގެ އާމްދަނީ 4 އިންސައްތައިން އިތުރުވެފައިވާއިރު، އެހެނިހެން އާމްދަނީ 19 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު 11 އިންސައްތައިގެ އިތުރުވުމެއް ކަމުގައި ވެސް ބުނެއެވެ.

 

އެސްޓީއޯ އިން އިތުރަށް ބުނީ ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާ 11 އިންސައްތައިން އިތުރުވެ، 322 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

 

މީގެއިތުރުން މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު 20 އިންސައްތައިގެ އިތުރުވުމެއް ކަމަށާއި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 244 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

 

އެސްޓީއޯ އިން އިތުރަށް ބުނީ މިދިޔަ އަހަރު ކުންފުނީގެ ވިޔަފާރި ރަނގަޅު ވުމާއެކު ޖުމްލަ އާމްދަނީގެ ގޮތުގައިވަނީ 15.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މީގެ ކުރީ އަހަރާ އަޅާ ބަލާއިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ. އަދި އާމްދަނީ އިތުރުވުމާއެކު ކުންފުނީގެ ފައިދާ އިތުރުވެ، ޓެކްސްއަށް ކެނޑުމުގެ ކުރިން މި އަހަރު ވަނީ 910 މިލިއަން ރުފިޔާ ލިބިފައި ކަމަށް ވެސް ބުނެއެވެ.

 

ހަމަމިއާއެކު ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި 762 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ އޭގެ ކުރީ އަހަރަށްވުރެ 3 އިންސައްތައިގެ އިތުރުވުމެއް ކަމުގައި ވެސް އެސްޓީއޯ އިން ހާމަކުރެއެވެ.

 


  • އެސްޓީއޯ
  • ކޮމެންޓް