ޚަބަރު

ރަމަޟާން މަހުގެ ފަހު 10 ގައި އިމިގްރޭޝަންގެ މަސައްކަތު ވަގުތު ހާމަކޮށްފި

ފޮޓޯ: އިމިގްރޭޝަން

ރަމަޟާން މަހުގެ ފަހު 10 ގައި މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތު ވަގުތު ހާމަކޮށްފިއެވެ.

 

އެ އިދާރާ އިން ވަނީ ޕާސްޕޯޓާއި ވިސާއާއި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ހިދުމަތާއި ސީޕޯޓުގެ ހިދުމަތް ވެސް ދޭ ގަޑިތައް ވެސް އާންމުކުރައްވާފައެވެ.

 

އެގޮތުން ޕާސްޕޯޓަށް އެދި ހުށަހެޅުން އިމުގާ ޕޯޓަލް މެދުވެރިކޮށް، 24 ގަޑިއިރު ލިބޭނެ ކަމަށާއި އިމިގްރޭޝަނަށް ހާޟިރުވެ، ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުން މާލޭ އޮފީހުން ކޮންމެ ދުވަހެއްގެ  ހެނދުނު 9:15 އިން މެންދުރު 1 ޖަހަންދެން ކުރިއަށްދާނެކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް މި ޚހިދުމަތް ލިބިދެނީ ހަމައެކަނި 65 އަހަރުން މަތީގެ ފަރާތްތަކަށާއި އެހެނިހެން ހާއްސަ ހާލަތްތަކުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ އަތޮޅުތެރޭގެ އޮފީސްތަކުން ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުން ހެނދުނު 10 ން މެންދުރު 12 ޖަހަންދެން ކުރިއަށްދާނެ ކަމަށެވެ. ފަހު 10 އެއްގައި ރަށްރަށުން ހިދުމަތްދިނުމަށް ހަމަޖެހިފައިވާ ދުވަސްތައް ވެސް އިމިގްރޭޝަނުން ވަނީ އާންމުކުރައްވާފައެވެ.

 


  • ރަމަޟާން މަސް
  • އިމިގްރޭޝަން
  • ކޮމެންޓް