ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޕަބްލިކް އޮފް ސީޝެލްސްގެ އިންތިހާބީ ރައީސް، ހިޒް އެކްސަލަންސީ ޑޮކްޓަރ ޕެޓްރިކް ހަރމިނީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
މި މެސެޖުގައި އިންތިހާބީ ރައީސް ޑޮކްޓަރ ހަރމިނީއަށް ކާމިޔާބު އެދިވަޑައިގެން، އެމަނިކުފާނުގެ ޒައާމަތުގައި ސީޝެލްސް އަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަގީން ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.
ހަމަމިއާއެކު ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ވަކީން ހާއްސަކޮށް، ދޭދޭ މަސްލަހަތު އެކުލެވޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ މެސެޖު ނިންމަވާލެއްވީ އެގައުމުގެ ރައީސް އަަށް ދުޅަހެޔޮ ސިއްހަތަކާއި ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެން އެގައުމުގެ ރައްޔިތުންނަށް ވެސް އުފާ ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވަމުންނެވެ.