ޚަބަރު ރާއްޖެ

ފްލެޓުތައް ބޮޑުއަގުގައި ކުއްޔަށް ދިނުން ހުއްޓުވާނަން: މިނިސްޓަރ

ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ ފުލެޓުތައް އެހެން ފަރާތްތަކަށް ބޮޑު އަގުގައި ކުއްޔަށް ދިނުން ހުއްޓުވާނެ ކަމުގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިއީ ސަރުކާރުން ވަރަށް ސީރިއަށްކޮށް ނަގާ މައްސަލައެއް ކަމަށެވެ. އަދި ގާނޫނު ބަދަލުކޮށްގެން ވެސް އެކަމަށް ހައްލެއް ހޯއްދަވާނެ ކަމަށެވެ.

 

މީގެއިތުރުން ސޯޝަލް ހައުސިންގ ސްކީމުތައް ހިންގާ އެޗްޑީސީ އާއި އެފްޑީސީ ގުޅިގެން ފުލެޓުތައް ކުއްޔަށް ދޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާ ވިދާޅުވީ އެފަދަ ބައެއް ފްލެޓުތަކުގައި ލޭބަރ ކުއާޓަރޒް ހަދައިގެން ބިދޭސީން ގެންގުޅޭ ކަމުގެ ޝަކުވާތައް ވެސް ލިބިފައިވާ ކަމަށެވެ.

 

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދިނުމަކީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން މީގެކުރީން ވެސް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ.

 

ގެދޮރުވެރިޔާ ފްލެޓް ބޮޑު ކުއްޔަށް ދޫކުރަން ފޭސްބުކުގެ އެކި ޕޭޖުތަކުގައި އެތަންތަން 25،000 ރުފިޔާ އަށް ކުއްޔަށް ދިނުމަށް ވަނީ ޖަހާފައެވެ. ސަރުކާރުން އެތަން ދޫކޮށްފައިވަނީ 11،500 ރުފިޔާއަށެވެ.

 


  • ބިންވެރިޔާ ސްކީމް
  • ގެދޮރުވެރިޔާ ސްކީމު
  • ހައުސިންގ މިނިސްޓްރީ
  • ހިޔާ ފްލެޓު
  • ކޮމެންޓް