ޚަބަރު ރާއްޖެ

ރައީސް ޑރ. މުއިއްޒު، ގަތަރުގެ އަމީރަށް ތައުޒިޔާ ވިދާޅުވެއްޖެ

ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ކާރު އެކްސިޑެންޓާއި ގުޅިގެން ޤަތަރުގެ އަމީރު ހިޒް ހައިނަސް ޝެއިޚް ތަމީމް ބިން ޙަމަދް އަލް ޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

 

މި ހާދިސާގައި އެގައުމުގެ ސަރުކާރުގެ ތިންއޮފިޝަލުން ނިޔާވެ، އިތުރު ދެމީހުންނަށް ވަނީ އަނިޔާވެފައެވެ.

 

ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ނިންމުމަށް މިއަދު ބާއްވާ ބައިނަލްއަގުވާމީ ސަމިޓަށް ތައްޔާރުވަމުންދާ އަމީރީ ދިވާންގެ އޮފިޝަލުން ނިޔާވި ހާދިސާއާއި ގުޅިގެން ރައީސްގެ މެސެޖުގައި ވަނީ ފުންހިތާމަ ފާޅުކުރައްވާފައެވެ.

 

ޤަތަރު ސަރުކާރާއި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ރައީސް ވަނީ ދިވެހި ރައްޔިތުން ތިބީ މި ހާދިޘާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކާ އެކުގައިކަން ހާމަކުރައްވާފައެވެ. އަދި ނިޔާވި އޮފިޝަލުންގެ އާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށާއި، ހާދިސާގައި ޒަޚަމްވީ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

 

 


  • ޤަތަރު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް