ޚަބަރު

ރާއްޖޭގައި ދަނޑުވެރިކަން ބިނާވެފައިވަނީ ވާރެއަށާއި ފެންފަށަލައަށް: މިނިސްޓަރ

ރާއްޖޭގެ ދަނޑުވެރިކަން ބިނާވެފައި އޮންނަނީ ވާރޭ އަށާއި، ބިމުގެ ފެންފަށަލައަށް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

 

ފެނުގެ ދުވަހާއި ގުޅިގެން އެކަމަނާ ގެ ފޭސްބުކް ގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ ދުނިޔޭގެ ގްލޭސިޔަރތައް ( ގަނޑުފެންފަށަލަ) ވިރެމުންދާއިރު، އަޅުގަނޑުމެންގެ ރަށްތަކަށް އޭގެ ނޭދެވޭ އަސަރު ވެސް ކުރާކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި އެކު ވާރޭވެހޭ މޫސުމަށް ވެސް ބަދަލު އައިސް، ރާއްޖޭގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުން ދާކަން ފާހަގަކުރެއްވިއެވެ.

 

"މޫސުމަށް އަންނަ ބަދަލުތަކާއި އެކު ވާރޭވެހޭ މޫސުމަށްވެސް ބަދަލު އައިސް، ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އެބަދޭ."

 

މީގެއިތުރުން ދަނޑުވެރިކަމަށް ބަރޯސާވާ އާބާދީއަށް މި ބަދަލުތަކުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި ދިވެހިންގެ ކާނާގެ ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި ދުނިޔޭގެ ގްލޭސިޔަރތައް ރައްކާތެރިކުރުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ވިދާޅުވިއެވެ.

 

އެކަމަނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހުގައި، އަޅުގަނޑުމެން ހަނދާންކުރަންޖެހެނީ ރާއްޖޭގެ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ގުޅިފައިވަނީ ދުނިޔޭގެ ގްލޭސިޔަރތަކާ ކަމަށާއި، އެއްވެސް ބަޔަކު މިކަމުން އިސްތިސްނާއެއް ނުވާނެކަމަށެވެ.

 


  • ޑރ. މަރްޔަމް މާރިޔާ
  • ކޮމެންޓް