ޚަބަރު ރާއްޖެ

މީޑިއާ ކޮމިޝަނަށް މީޑިއާތަކުން އިންތިހާބުވި ބޭފުޅުން މެންބަރުކަމަށް ހަމަޖައްސަވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނަށް މީޑިއާތަކުން އިންތިހާބުވި ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަމަށް ހަމަޖައްސަވައިފިއެވެ.

 

މި ބޭފުޅުން ހަމަޖެއްސެވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތީންނެވެ.

 

އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ށ. ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ. ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފެވެ.

 

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ7 މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ 4 މެންބަރުންނެވެ.

 

 


  • އެމްއެމްބީސީ
  • ރައީސް އޮފީސް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް