މޯލްޑިވްސް އިމިގްރޭޝަންގެ އަލިމަސް ޔޫބީލްގެ މުނާސަބަތާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައި އިމިގްރޭޝަންގެ ހިދުމަތް ރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަސް ޔޫބީލް މުނާސަބަތުގައި، އެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ހިދުމަތްތެރީންނަށް މަރްހަބާ ވިދާޅުވެ، ޝުކުރު ދަންނަވާފައިވެއެވެ.
އަލިމަސް ޔޫބީލް ފާހަގަކުރުމަށް އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އިމިގްރޭޝަނުންވަނީ ނިންމަވާފައެވެ.
މިގޮތުން ރަސްމީ ޖަލްސާއެއް ބޭއްވުމާއި، ފަންފެއަރ، ޗެރިޓީ ރަން، އަދި ކުޑަކުދިންގެ ހަވީރީ ކުއިޒް އެއް ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ދޭންފަށާފައިވަނީ 24 މާރިޗު 1950 ގައެވެ.