ޚަބަރު ރާއްޖެ

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކަސްޓަމްސް މުވައްޒަފުންގެ އެހީތެރިކަން

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

 

މިއީ ކަސްޓަމްސްގެ 135 ވަނަ އަހަރީދުވަހުގެ މުނާސަބާތުގައި 'ކަސްޓަމްސް-މުޖުތަމަޢުގެ ބައިވެރިއެއް' ޝިއާރުގެ ދަށުން ވެފައިވާ އެހީތެރިކަމެކެވެ. މިކަމަށްޓަކާ ބޭއްވި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް އެވެ.

 

މިހަފުލާގައި ކަސްޓަމްސް މުވައްޒަފުންގެ ލޯތްބާއި ހެޔޮއެދުންތަކާއެކު ފޯރުކޮށްދެއްވި އެހީ އެމަރުކަޒާ ހަވާލުކުރުމާއި، މަރުކަޒުގައި ތިބޭ ފަރާތްތަކަށް  ހާއްސަ ހަދިޔާ ހަވާލުކުރުން ވެސް އޮތެވެ. މި ހަރަކާތުގެ ތެރެއިން އެ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ ގޮތުން ބައެއް އުމްރާނީ މަސައްކަތްތައް ކުރުމާއި، ތަކެތި ހަދިޔާކުރުން ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

 

މީގެއިތުރުން މަރުކަޒުގައި ހިންގި ހަރަކާތްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވުން ވެސް އޮތެވެ. މިހަފްލާގައި ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ އާއި ކަަސްޓަމްސް އިސްވެރިން އަދި ސިއްހީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 


  • ކަސްޓަމްސް
  • ކޮމެންޓް