"ވަން ޕީސް" ކަލެކްޝަންގެ ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޑީޖީޖީގެ ޕްރިމިއަމް ޕަރޓްނަރ ކަމުގައިވާ މިނީސޯއާ ގުޅިގެން "ވަން ޕީސް"ގެ ހާއްސަ ގިފްޓް ބޮކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

 

މި ހަދިޔާއާއެކު 50 ޑޮލަރުގެ ޕްލޭސްޓޭޝަން (ޔޫއެސް) ގިފްޓް ކާޑެއް ވެސް ގުރުއަތުން ހޮވޭ 3 ނަސީބުވެރި ފަރާތަކަށް ލިބިގެންދާނެއެވެ.

 

މިއީ މަގުބޫލު އެނިމޭއެއް ކަމުގައިވާ "ވަން ޕީސް"ގެ މިނީސޯ ކަލެކްޝަން ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ގިވްއަވޭއެކެވެ.

 

މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭގޮތަކީ:

1.     dgg.mv އަދި soneesports.com އަށް ސައިން-އަޕް ކުރުން

2.     ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓް ފޮލޯ ކުރުން

3.     ގިވްއަވޭގެ ސޯޝަލް މީޑިއާ ޕޯސްޓް ޝެއަރކުރުން:

https://www.instagram.com/p/DPohTZPEh4v/?igsh=c2xpNTVsZWR2b2Vu

 

މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު 17 އޮކްޓޯބަރ ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

 

ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.

 

 


  • ދިރާގު
  • ކޮމެންޓް