މޯލްޑިވްސް ކޮމިއުނިޓީ ޕާޓީ (އެމްސީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ދީފައިވާ ހުއްދަ ބާތިލުކޮށްފިއެވެ.
މި ހުއްދަ ދީފައިވަނީ ގ. ކްރެބްޓްރީ، އަލީ އަހްމަދަށެވެ. އެއީ ފައިބެއަހަރުގެ ނޮވެމްބަރުމަހުއެވެ.
އީސީން ހާމަކުރައްވާފައިވާ ގޮތުގައި އެމްސީޕީގެ ނަމުގައި ސިޔާސީ ޕާޓީ އުފައްދަން ދީފައިވާ ހުއްދަ ބާތިލުކުރީ، މެމްބަރޝިޕް ފޯމް ހުށަހަޅަންދީފައިވާ މުއްދަތުގައި އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާތީއެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕާޓީއެއް ރަޖިސްޓަރީ ކޮށްދެނީ 3،000 މެންބަރު ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ. ރާއްޖޭގައި މިހާރުވެސް އަންނަނީ 9 ސިޔާސީއެއް ޕާޓީއެއް ހިންގަމުންނެވެ. އެއީ އެމްޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖޭޕީ، އެމްޓީޑީ، ޕީއެންއެފް،އެމްއެންޕީ، އެމްޑީއޭ އަދި ދަ ޑިމޮކްރެޓްސްއެވެ.