އެސްއޯ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އޭޕްރިލް މަހު ބާއްވަނީ

އެސްއޯއެމްގެ މިހާެރުގެ ހިންގާ ކޮމެޓީ - ފޮޓޯ: އެސްއޯއެމް

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) ގެ އަހަރީ އާންމު ޖަލްސާ އޭޕްރިލް މަހު ބޭއްވުމަށް ނިންމައިފިއެވެ.

 

އެސްއޯއެމް އިން ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ނިންމީ މާރޗު 25 ވީ އަންގާރަ ދުވަހު ބޭއްވި އެސް-އޯ މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ 2025 ވަނަ އަހަރުގެ ތިން ޖަލްސާގައި ކަމަށެވެ. އަދި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އޭޕްރިލް 17 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ޝީ ބިލްޑިންގ ގެ 3 ވަނަ ފަންގިފިލާގައި ކަމަށް ވެސް ހާމަކުރައްވައެވެ.

 

އެހެންކަމުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މެންބަރުންގެ ތެރެއިން މި ޖަލްސާގައި ބައިވެރިވުމަށް އެދޭ މެންބަރުން އޭޕްރިލް 7 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެދިަލއްވައެވެ.

 

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެސް–އޯ މޯލްޑިވްސްގެ ރަސްމީ ނަންބަރު 7939944 އަށް ގުޅުމަށް ވަނީ އެދިލައްވާފައެވެ.

 

ރަޖިސްޓްރީ ކުރެއްވުމަށް މި ލިންކް ބޭނުން ކުރައްވާ.


  • އެސްއޯ މޯލްޑިވްސް
  • ކޮމެންޓް