ހުޅުމާލޭގައި މިރޭ ޑްރޯން ޝޯވއަކާއި ހަވާއެރުވުން

ހުޅުމާލޭގައި މިރޭ ޑްރޯން ޝޯވއަކާއި ހަވާއެރުވުން އޮންނާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

 

އެޗްޑީސީން ވިދާޅުވީ ޑްރޯން ޝޯވ އޮންނާނީ މިރޭ 8:30 ގައި ކަމަށާއި މި ޝޯވ ގާތްގަޑަކަށް 30 މިނެޓަށް ކުރިއަށްދާނެ ކަމަށެވެ. އަޗި މިހާރުދަނީ އީދު ފެސްޓިވަލެއް ވެސް ކުރިއަށް ގެންދަމުންނެވެ. ސެންޓްރަލް ޕާކުގައި މިހަރަކާތް ކުރިއަށްދާނީ 5:45 ވަންދެނެވެ.

 

މިއީ އެކުންފުންފުންޏާއި މަންފާ ޖަމްއިއްޔާ ގުޅިގެން ބިޒްނަސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ) އާއި ހިދުމަތް ޖަމިއްޔާ އާއި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަދި ޑްރިފްޓް އެސޯސިއޭޝަނުގެ އެހީތެރިކަމާ އެކުގައި އިންތިޒާމްކޮށްފައިވާ ފެސްޓިވަލެއް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

 

އެމްއެންޑީއެފް އިން ވިދާޅުވީ ފިތުރު އީދުގެ އުފަލުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ 9 ޖަހާއިރު، ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓެއްހާއިރަށް ކަމަށް ވެސް ވިދާޅުވިއެވެ.

 


  • އެޗްޑީސީ
  • މަންފާ
  • ޚިދުމަތް ޖަމްއިއްޔާ
  • ފިތުރު އީދު
  • ކޮމެންޓް