އޯޓިޒަމް ތަހައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ގައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދީންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވައި، ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އެކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ގައުމީ ވާޖިބެއް ކަމުގައެވެ.
އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއް ގައި ވަނީ ކޮންމެ ދިވެހި ދަރިޔަކީ މި ގައުމަށް މުހިންމު އަގުހުރި ދަރިއެއްކަން ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލް 2 ވަނަ ދުވަހުއެވެ.