ޚަބަރު ރާއްޖެ

އެއަރޕޯޓުގައި މިއަދު ބާރުބޮޑުވާނެ، އަވަހަށް ދާތި

ވީއައިއޭގައި ޕަސެންޖަރުން - ފޮޓޯ: ކުޑޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް މިއަދު ބާރު ބޮޑުވާނެތީ އެއަރޕޯޓަށް އަވަހަށް ދިއުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފިއެވެ.

 

މޯލްޑިވްސް އެެެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވީ އެއަރޕޯޓަށް މިއަދު ބާރުބޮޑުވަނީ އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް އެނބުރި ރާއްޖެ އަންނަ މީހުންގެ އަދަދު ގިނަވާނެތީ ކަމަށެވެ. އެހެންކަމުން މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން މަގުތަކާއި ޓަރމިނަލް ބާރުބޮޑުވެދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

 

އެ ކުންފުނިން ވަނީ އެއަރޕޯޓްގެ އޮޕަރޭޝަން ފަސޭހަކޮށް ގެންދިއުމަަށް ހުރިހާ ފަސިންޖަރުން އަވަހަށް އެއަރޕޯޓަށް އައުމަށާއި ޗެކިންގ އަދި ސެކިއުރިޓީއަށް އިތުރު ވަގުތު ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. އުމްރާވެރިން އައުމަށް ހަމަޖެހިފައިވަނީ މެންދުރު 2 ން ހަވީރު 4 ޖެހުމާ ދެމެދުގެ ވަގުތުތަކުގައެވެ.

 

ޓެކްސީ އޮޕަރޭޓަރުންނާއި ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުން ޓްރެފިކް ފްލޯ އޮމާންކަމާއެކު ގެންދިއުމަށް އެއްބާރުލުން ދިނުމަށް އެ ކުންފުނިން އިލްތިމާސްކުރެއްވިއެވެ.

 

 


  • ވީއައިއޭ
  • އެމްއޭސީއެލް
  • ކޮމެންޓް