ޚަބަރު ރާއްޖެ

ކެފޭއެއްގައި ގަވާއިދާ ހިލާފަށް އުޅުނު 11 ބިދޭސީން ހައްޔަރުކޮށްފި

ފޮޓޯ: އިމިގްރޭޝަން

ކެފޭއެއްގައި ގަވާއިދާ ހިލާފަށް އުޅުނު 11 ބިދޭސީން ހައްޔަރުކޮށްފިއެވެ.

 

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މި މީހުން އެ އިދާރާގެ ބެލުމުގެދަށަށް ގެނައީ ގަވާއިދާ ހިލާފަށް ރާއެްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ. އަދި މި މީހުން އަތުލައިގަތީ އޭޕްރިލް 3 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ކަމަށް ވިދާޅުވިއެވެ.

 

އެގޮތުންއާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިޔަ މި ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ހާމަކުރައްވައެވެ.

 

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެ އިދާރާ އިން ކުރަމުންއަންނަ މަސައްކަތުގައި އެކިތަންތަން ބަލައި، ފާސްކޮށް ނުގަވާއިދުން އުޅޭ ބިދޭސީން ދަނީ ހައްޔަރުކުރަމުންނެވެ. އަދި ބައެއް ފަރާތްތައް ރާއްޖޭ ނާދެވޭގޮތަށް ޑީޕޯޓު ވެސް ކުރެއެވެ.

 


  • އިމިގްރޭޝަން
  • ބިދޭސީން
  • ކޮމެންޓް
    ރޮންދާ
    ތީ ކޮން ކެފޭ އެއްބާ!!!