ޚަބަރު ރާއްޖެ

ވީއައިއޭ އިން ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ކުޑޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެއެވެ.

 

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ ވަޒަންތައް ފެނިފައިވަނީ ވީއައިއޭ އިން ފުރުމަށް ރޭ ދިޔަ މީހެއްގެ އަތުން ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.

 

މި މައްސަލަައިގާ ފުލުހުންގެ ބެލުމުގެދަށަށް ގެނައި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 6 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

 

އެހެންނަމަވެސް އެއީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއްކަމެއް ފުލުހުން ހާމައެއްނުކުރައްވައެވެ.

 

ބައެއް މަސްދަރުތަކުން ބުނާގޮތުގައި އެއީ ސައުތު އެފްރިކާއަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ ފުރަން ދިޔައީ EK653  ފްލައިޓުން ކަމަށެވެ.

 

އޭނާގެ އަތުން 14 ވަޒަން ފެނިފައިވާކަަމަށް ވެސް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

 


  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ވީއައިއޭ
  • އެމްއޭސީއެލް
  • އެމްއެންޑީއެފް
  • ކޮމެންޓް