ޚަބަރު ރާއްޖެ

ގައްދޫން އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް

ހުވަދުއަތޮޅު ދެކުނުބުރީ (ގދ. އަތޮޅު) ގައްދޫގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.



ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންސް (ީއެންއާރް) އިން ވިދާޅުވީ މި ހިދުމަތް އެރަށުގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ތަނަވަސްވާނެ ކަމަށެވެ.

 

އެ އަތޮޅުގައި ވެރިކަންކުރާ ތިނަދޫ ސިޓީގައި ވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށާފައިވާއިރު، އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

 

ގައްދޫއަކީ އެ އަތޮޅުގެ ވެރިކަންކުރާ ރަށް ފިޔަވައި މި ހިދުމަތް ގާއިމުކުރި ފުރަތަމަ ރަށެވެ.



ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993ގައެވެ.



ސަރުކާރުން އަމާޒު ހިފާފައިވަނީ ރައްޔިތުންނާ ވީހާވެސް ގާތުން އައިޑީކާޑު ހައްދައިދިނުމުގެ ހިދުމަތް ދިނުމަށްކަމަށްވާއިރު، މި މަޝްރޫއު މި އަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

 


  • ޑީއެންއާރް
  • ކޮމެންޓް