ޚަބަރު ރާއްޖެ

އެޗްޑީސީގެ ބޯޑު މެމްބަރ ވަހީދު ވަކިކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރގެ މަގާމުގައި ހުންނެވި މުޙައްމަދު ވަހީދު ވަކިކޮށްފިއެވެ.

 

ޕްރަވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަން އާންމުކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ހއ. ފިއްލަދޫ، މަބުސްތާނުގެ، މުޙައްމަދު ވަހީދު އެ މަގާމުން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

 

2023 ވަނަ އަހަރު ޑިސެމްބަރ މަހު އެ މަގާމަށް އައްޔަންކުރއްވި ވަހީދު، އެ މަގާމުން ވަކިކުރައްވާފައިވަނީ މިއަދުއެވެ.

 

އެެހެންނަމަވެސް އޭނާ މަގާމުން ވަކިކުރެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

 

މުހައްމަދު ވަހީދަކީ ވެމްކޯގައި އިސް މަގާމެއް ފުރުއްވައި، ހައުސިންގ މިނިސްޓްރީގައި ވެސް މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.

 


  • ޕީސީބީ
  • އެޗްޑީސީ
  • ކޮމެންޓް