ޚަބަރު ރާއްޖެ

އިމިގްރޭޝަންގެ ރެއިޑެއް – 6 މީހުން ހައްޔަރަށް

މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި އިތުރު 6 ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.

 

އެ އިދާރާ އިން ވިދާޅުވީ މާލޭގައި ހިންގަމުންދާ ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ތަންތަނަށް ހާއްސަކޮށްގެން އިއްޔެ  ރެއިޑެއް ޖަހާފައިވާ ކަމަށެވެ. އަދި ސައްހަ ވިސާ ނެތި މަސައްކަތް ކުރަމުން ދިޔަ 6 ބިދޭސީން އަތުލައިގެންފައިވާ ކަމަށެވެ.

 

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯހުން ކުރިއަށްގެންދިޔަ ރެއިޑުގައި މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް އިއްޔެވަނީ ބަލައި ފާސްކޮށްފައި ކަމަށް ވިދާޅުވެއެވެ.

 

އިމިގްރޭޝަނުން ވަނީ މި ހިނގާ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުގެ ރޭ ވެސް ވަނީ 11 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިޔަ ކެފޭއެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންނެވެ.

 

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި، އެފަދަ ބިދޭސީން ޑީޕޯޓް ކުރަމުން އަންނައިރު، މިހައިތަނަށް ހިންގާފައިވާ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.

 

 


  • އިމިގްރޭޝަން
  • ބިދޭސީން
  • ކޮމެންޓް