ޚަބަރު ރާއްޖެ

ރިވެތި އަހްލާގުން ޖަރީވުމަށް މޭޔަރު އާޒިމް، ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފި

ދީނީ ކަންކަމަށް ސަމާލުކަންދީ، ރިވެތި އަހްލާގުން ޖަރީވުމަށް މާލެ ސިޓީ މޭޔަރ އާދަމް އާޒިމް، ދަރިވަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.

 

މޭޔަރު މިފަދައިން އިލްތިމާސް ކުރައްވާފައި މިވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މީސްމީޑީއާގައި ކުރެއްވި ޕޯސްޓުގައެވެ.

 

އެ ޕޯސްޓުގައި އުނގަންނައިދޭ އިލްމާއި އެއްވަރަށް، ދަރިވަރުންގެ ކިބައިގައި ރިވެތި އަހްލާގު އަށަގަންނުވައި، ގައުމަށް ބޭނުންހިފޭ ބަޔަކަށް ހެދުމަށް ވެސް ވަނީ ބާރުއަޅުއްވާފައެވެ. އަދި މުޖުތަމައުގެ އަގުތަކަށް އިހްތިރާމް ކުރާ، މުޖުތަމައު ބަލައިގަންނަ ފަދަ ގޮތަކަށް، ދަރިވަރުން ތަރުބިއްޔަތުކޮށް ދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

 

މޭޔަރު ވިދާޅުވީ މި ފެށުނު ދިރާސީ އަހަރަކީ ހުރިހާ ގޮތަކުން ކާމިޔާބު ދިރާސީ އަހަރަކަށް ވުމަށްއެދި ދުއާކުރައްވާ ކަމަށެވެ.

 

" ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރާއްޖޭގެ ލޮބުވެތި ކިޔަވާކުދިންނާއި، އުނގަންނައި ދެއްވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވާ ހުރިހާ ޚިދުމަތްތެރިންނަށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން މަރުޙަބާ ދަންނަވަން."

 

މީގެއިތުރުން މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާފަންނު މަދަރުސާއަށް ވަޑައިގެން، ހެނދުނު ދަންފަޅީގެ އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދަރިވަރުންނާ މުހާތަބުކުރައްވައި ވަނީ ވާހަކަ ދައްކަވާފައެވެ.

 

ހަމަމިއާއެކު އެސެމްބްލީއަށް ފަހު ދަރިވަރުންނާއި ޓީޗަރުންނާއެކު ގްރޫޕް ފޮޓޯއެއް ވެސް ނެންގެވިއެވެ.

 

 


  • އާދަމް އާޒިމް
  • ކޮމެންޓް