ބްލައިންޑް އެންޑް ވިސުއަލީ އިމްޕައަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއެސްއައިއެމް) ގެ ހިންގާ ކޮމެޓީ އައު ދައުރަކަށް މެމްބަރުން އިންތިހާބުކޮށްފިއެވެ.
މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެ ޖަމްއިއްޔާގެ 6 ވަނަ ދައުރަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު، ރައީސްގެ މަގާމަށް އިންތިހާބުވީ ހުސައިން ޝަރީފްއެވެ. ނައިބު ރައީސްގެ މަގާމަށް ޢަލީ ޝަމީމް އަދި ޖެނެރަލް ސެކްރެޓަރީއަކަށް އިންތިހާބުވީ މުޙައްމަދު ސައްދާމްއެވެ.
މީގެއިތުރުން އިންތިޒާމް ސެކްރެޓަރީއަކަށް ޞިބްޣަތުﷲ އަޙްމަދު ހޮވުނުއިރު، ހަޒާންދާރަކީ މުޙައްމަދު ނާހިލް ސަލާމް އެވެ. އަދި މީޑިއާ ކޯޑިނޭޓަރަކީ ޢަބްދުއްރައްޒާޤު އެވެ.
އެޖަމްއިއްޔާގެ 6 ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ އިތުރު މެމްބަރުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ ޢަބްދުﷲ ޒިޔާއު އާއި ޝަފިއްޔާ ޙުސައިން އާއި މޫސާ ދާއޫދު އާއި ފާޠިމަތު އިބްރާހީމް އަދި އާމިނަތު ޢަލީ އެވެ.