ޚަބަރު ރާއްޖެ

އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނެސްފި

މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނެސްފިއެވެ.

 

އެ އިދާރާ އިން ވިދާޅުވީ ރަސްމީ މަސައްކަތު ގަޑި ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑިއާއި އެއްގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ރަސްމީ ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 2 ޖަހަންދެން ކަަމަށް ހާމަކުރައްވައެވެ.

 

އެހެންނަމަވެސް މިހާރު ހިދުމަތް ދެމުން އަންނަ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން ޕާސްޕޯޓު ހައްދަން ހުށަހެޅުމާއި ދޫކުރުމާއި މި ނޫންވެސް އިމިގްރޭޝަނުން ދޭ ހިދުމަތްތައް މިހާރެކޭ އެއްގޮތަށް ދެމުންދާނެ ކަމަށް ހާމަކުރައްވައެވެ.

 


  • އިމިގްރޭޝަން
  • ކޮމެންޓް