ޚަބަރު ރާއްޖެ

އެކޮމޮޑޭޝަން 4 ބްލޮކް ބަލައި ފާސްކޮށް 8 ބިދޭސީން ހައްޔަރުކޮށްފި

އިމިގްރޭޝަނުން ބަލައި ފާސްކުރި އެކޮމޮޑޭޝަން ބްލޮކް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލުހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިތުރު 8 ބިދޭސީން އިމިގް2ރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

 

އިމިގްރޭޝަނުން ވިދާޅުވީ މި މީހުން އަތުލައިގަތީ ރޭ ހުޅުމާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ކަމަށެވެ. މި އޮޕަރޭޝަންގައި ބިދޭސީން ދިރިއުޅެމުންދާ 4 އެކަމަޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 8 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

 

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދައި، ޒަމާންވީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ފައިބެއަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ގައުމަށް އަނބުރާފޮނުވާލާފައެވެ.



މީގެއިތުރުން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތު ވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

 


  • އިމިގްރޭޝަން
  • ބިދޭސީން
  • ކޮމެންޓް
    ކޮތަރޭ
    ހޯދާވަރުން ހޯދާ. މަގތައް މަތިން މަދެއް ނުވޭ