އެމްޓީސީސީގެ ބޯޑަށް ޔާސީން އައްޔަންކޮށްފި

އެމްޓީސީސީ ބޯޑަށް އައްޔަންކުރެއްވި ޔާސިން ހުސައިން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) ގެ ބޯޑަށް ހުޅުމާލެ، ހިޔާ 8-01-04 ޔާސީން ހުސައިން އައްޔަންކޮށްފިއެވެ.

 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިކަން ހާމަކުރައްވާފައިވަނީ ރޭގައެވެ.

 

ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓެންޓުގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން އަންނަ ޔާސީން އެމްޓީސީސީ ބޯޑަށް އައްޔަންކޮށްފައި މިވަނީ އެބޯޑުގައި ކުރިން ހުންނެވި ސިނާން އަލީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ)ގެ މަގާމަށް ބަދަލު ކުރެއްވުމުންނެވެ.

 

އެ ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަނީ ޗެއަރމަން މުހައްމަދު އަފީފް ހުސައިންއާއި މެނޭޖިންގ ޑިރެކްޓަރު އާއި އެގްޒެކެޓިވް ޑިރެކްޓަރު ޑީސީޕީ (ރިޓައަރޑް) އަހުމަދު ސައުދީ އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަދި ނޮން އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. އަދި ނޮން އެގްޒެކެޓިވް ޑިރެކްޓަރު އަލީ ނާއިލާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކޮށްފައިވާ ނޮން އެކްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދުގެ އިތުރުން ނޮން އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އިމްރާން އަދުނާނެވެ.

 


  • ޕީސީބީ
  • އެމްޓީސީސީ
  • ކޮމެންޓް