ފިނިއަށި ބޭރުދުނިޔެ

ސަނީ ލިއޯން އިންޓަރނޭޝަނަލް ވެބް ސީރީޒްއެއް އުފައްދަނީ

ސަނީ ލިއޯން އިންޓަރނޭޝަނަލް ވެބް ސީރީޒްއެއް އުފައްދަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

 

އިންޑިއާގެ ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި މި ވެބް ސީރީޒް އުފައްދަނީ ފިލްމު ޑައިރެކްޓަރ ވިކްރަމްއަދިތިޔަ މޮތުވާނޭ އާ ގުޅިގެންނެވެ. ސަނީ ލިއޯންގެ ފިލްމު ކުންފުނި ސަންސިޓީ އާއި ވިކްރަމްއަދިތިޔަގެ ފިލްމު ކުންފުނި އަންދޮލަން ފިލްމްސް ގުޅިގެން އުފައްދާ މި ވެބް ސީރީސްގެ ކޮޕީ ރައިޓްސް ސަނީގެ ފިލްމު ކުންފުނިން ގަނެފައިވާތާ ވަރަށް ދުވަސްވެއްޖެ ކަމަށް ސަނީ ލިއޯން އާ ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.

 

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒްއެއް ކަމަށް ބުނެފައިވީނަމަވެސް ދައްކަން ފަށާނެދުވަހެއް އަދިހާމައެއް ނުކުރެއެވެ.

 


  • ބޮލީވުޑް
  • ކޮމެންޓް