ޚަބަރު ރާއްޖެ

ޒަކާތު ފަންޑުން ކިޔެވުމުގެ ފުރުސަތު އެދުމަށް ހުޅުވާލައިފި

ރާއްޖޭގެ ޒަކާތު ފަންޑުން ސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

 

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުވާލާފައިވަނީ 50 ފުރުސަތެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމުގެ 20 ފުރުސަތާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ 30 ފުރުސަތެވެ.

 

ރާއްޖޭން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލްކުރުމަށްދޭ ހާއްސަ ސްކޮލަރޝިޕްތަކަށްވާއިރު، ރާއްޖޭން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ކޯސްތަކަކަށެވެ.

 

ރާއްޖޭގައި ކިޔެވުމަށް ސްކޮލަރޝިޕް ދޭ ދާއިރާތަކުގެ ތެރޭގައި މާސްޓަރ އޮފް އާޓްސް އިން ޤުރުއާނިކް ސައިންސެސްގެ ހަ ފުރުސަތާއި މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަންގެ ތިން ފުރުސަތާއި އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސްގެ ފަސް ފުރުސަތާއި މާސްޓަރ އޮފް އާޓްސް އިން ޝަރީއާގެ ތިން ފުރުސަތު އަދި މާސްޓަރ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް އިން ތިން ފުރުސަތު ހިމެނެއެވެ.

 

ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފައިވާ ގައުމުތަކަކީ މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއާ، މިސްރު އަދި ސާކް ގައުމުތަކުންނެވެ.

 

ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕްގެ ދަށުން އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުންދާ މަރުކަޒުންދޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

 


  • އެމްއެންޔޫ
  • އައިޔޫއެމް
  • ޒަކާތު ހައުސް
  • ކޮމެންޓް