ޚަބަރު ރާއްޖެ

މި ސަރުކާރުގެ ވިސްނުމަކީ ރަށު ކައުންސިލްތަކަށް ލައިސަންސް ދޫކުރުމުގެ ހުއްދަ ދިނުން: މިނިސްޓަރ

ޓްރާންސްޕޯޓު މިނިސްޓަރ މުޙައްމަދު އަމީން - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ވިސްނުމަކީ ވެސް ރަށު ކައުންސިލްތަކަށް ލައިސަންސް ދޫކުރުމުގެ ހުއްދަ ދިނުން ކަމުގައި ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

 

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މާލެއިން ބޭރުން 26 ފަރާތަކަށް މި ހުއްދަ ދީފައިވާ ކަަމަށެވެ. އަދި ވޭތުވެ ދިޔަ 14 މަސް ދުވަހުގެ ތެރޭގައި އިތުރު 24 ފަރާތަކަށް އެ މިނިސްޓްރީން މި ހުއްދަ ދޫކޮށްފައިވާ ކަމަށެވެ.

 

އެހެންކަމުން މާލެ އިން ބޭރުން 50 ރަށަކުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ހުއްދަ މިހައިތަނަށް ދޫކޮށްފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އިތުރު ފަރާތްތަކަށް ވެސް ހުއްދަ ދޫކުރުމަށް ވިސްނަވަމުން ގެންދަވާކަން ވެސް ވަނީ ހާމަކުރައްވާފައެވެ.

 

މިނިސްޓަރު ވަނީ ދޮޅު އަހަރެއްގެ ތެރޭގައި 24 ރަށަކުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ހުއްދަ ދެވިގެން ދިއުމަކީ ރައްޔިތުންނަށް ހޯދައިދެވުނު ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރައްވާފައެވެ.

 


  • ޓްރާންސްޕޯޓު މިނިސްޓްރީ
  • ކޮމެންޓް