ޚަބަރު ރާއްޖެ

ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕް ފަށައިފި

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަންގެ ވެލިޑޭޝަން ވޯކްޝޮޕް މިއަދު ފަށައިފިއެވެ.

 

މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

 

މިމަހުގެ 15 އަދި 16 ވަނަ ދުވަހު ކުރިއަށްދާ މި ވޯކްޝޮޕްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސިއްހީ ދުޅަހެޔޮކަމާއި ތައުލީމާއި ވަޒީފާއާއި އެކްސެސިބިލިޓީއާއި ހަމަހަމަކަމާއެކު މި ފަރާތްތައް ވެސް ކަންކަމުގައި ޝާމިލުކޮށްގެން ކުރިއަށްދާނެ ގޮތުގެ އެކްޝަން ޕްލޭން ތަންފީޒުކުރެވިގެން ދާނެއެވެ.

 

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2025 ވަނަ އަހަރާއި 2029 ވަނަ އަހަރާއި ހަމައަށް ހިންގޭނެ ހަރަކާތްތަކާއި މި ހަރަކާތްތައް ހިންގޭނެ ދާއިރާތައް ވެސް މި ވޯކްޝޮޕްގެ ތެރެއިން ކަނޑައެޅިގެންދާނެއެވެ.

 

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އެހެން ފަރާތްތަކެކޭ އެއްފަދައިން، އެއްހަމައެއްގައި ހައްގުތައް ކަށަވަރުކޮށްދިނުމުގެެ މަގްސަދުގައި ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަ އެކި ޖަމްއިއްޔާތަކާއި އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ބައިވެރިވެއެވެ.

 


  • ޖެންޑަރ މިނިސްޓްރީ
  • އެސްއޯ މޯލްޑިވްސް
  • ވީލްޗެއަރ އެސޯސިއޭޝަން
  • ނުކުޅެދުންތެރިކަން
  • ކޮމެންޓް