ޚަބަރު ރާއްޖެ

ބާނީގެ ނަމުގައި ބ. އަތޮޅުގައި ފީނުމުގެ ހަރަކާތެއް

ބ. އަތޮޅު ބައޮސްފިއާ ރިޒަރވް

ބާނީގެ ނަމުގައި ފީނުމުގެ ހަރަކާތެއް ބޭއްވުމަށް ބ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

 

އެކައުންސިލުން މިކަން ހާމަކުރެއްވީ ލޯކަލް ކައުންސިލް މިނިސްޓަރ އާދަމް ޝަރީފު ޢުމަރާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

 

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފީނުމުގެ މި މުހިންމު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު އަނގަފަރު ސަރަހައްދުގައެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމެވެ.

 

މީގެއިތުރުން މި ހަރަކާތުގައި 1000 މީހުން ފީނާ ގޮތަށް ހަމަޖައްސަވައިފައިވާ ކަމަށް ވެސް އެ ކައުންސިލުން ހާމަކުރައްވައެވެ.

 

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ.

 


  • ބ. އަތޮޅު
  • ފަތުރުވެރިކަން
  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ކޮމެންޓް