ޚަބަރު ރާއްޖެ

ހެޔޮއެދޭ ފަރާތަކުން ހުޅުމާލެ ފޭސް 2 ގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

ހެޔޮއެދޭ ފަރާތަކުން ހުޅުމާލެ ފޭސް 2 ގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފިއެވެ.

 

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ޑރ. މައުރޫފް ޖަމީލް އެވެ.

 

މިސްކިތް އިމާރާތްކުރުމަށް ކޮންޓްރެކްޓަރު ވެސް އެފަރާތުން ހަމަޖައްސާއިރު، މި މިސްކިތްތުގައި ސޯލާއާއި އޭސީ ވެސް ހަރުކުރުމަށް ވަނީ ނިންމާފައެވެ. އަދި މިސްކިތްތައް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރްއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

 

މި މިސްކިތް އިމާރާތް ކުރުމަށް ނިންމާފައިވަނީ ހުޅުމާލެ ފޭސް 2 ލޮޓު 22386 ގައެވެ. މިއީ 18720.79 އަކަފޫޓުގެ ބިމެކެވެ.

 


  • އެޗްޑީސީ
  • އިސްލާމިކް މިނިސްޓްރީ
  • ޑރ. ޝަހީމް
  • ކޮމެންޓް