ޚަބަރު ރާއްޖެ

39 މެމްބަރުންގެ ވޯޓާއެކު އެސްއޯ މޯލްޑިވްސްގެ ޗެއަރޕާރސަންގެ މަގާމަަށް އިބޭ

އެސްއޯއެމްގެ އިންތިހާބުގެ ވޯޓު ގުނަނީ - ފޮޓޯ: ކުޑޭ

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) ގެ ޗެއަރޕާރސަންގެ މަގާމަށް އިބްރާހިމް ރަމީޒު (އިބޭ) އަދި ހިންގާ ކޮމެޓީ އަށް މެމްބަރުން އިންތިހާބުކޮށްފިއެވެ.

 

ޝީ ބިލްޑިންގ ގައި އޭޕްރިލް 17 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެސްއޯ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި އިބޭ ޗެއަރޕާރސަންގެ މަގާމަށް އިންތިހާބުކުރީ 39 މެމްބަރުންގެ ވޯޓާއެކުގައެވެ. މި މަގާމަށް ވާދަކުރައްވާފައިވަނީ ވެސް އިބޭ އެކަންޏެވެ.

 

މީގެއިތުރުން ސެކްރެޓަރީ ޖެނެރަލް / ނެޝަނަލް ޑިރެކްޓަރގެ މަގާމަށް ދެ ބޭފުޅުން ވަނީ ވާދަކުރައްވާފައެވެ. އެއީ މަރްޔަމް އަބްދުއްރަހީމް އާއި ފާތިމަތު ފައިރޫޒާ އާދަމްއެވެ. ވާދަވެރި މި މަގާމު ކާމިޔާބުކުރެއްވީ 20 ވޯޓު 21 ވޯޓުން އެމަގާމު މިހާރުވެސް އަދާކުރައްވާ ފައިރޫޒާއެވެ.

 

ކުރިއަށް އޮތް 4 އަހަރަށް އިންތިހާބުކުރި ހިންގާކޮމެޓީގެ ޚަޒާންދާރުގެ މަގާމަށް 36 ވޯޓާއެކު، ޞަފްވާން ޝަމީމް އިންތިހާބުވިއިރު، އައިޓީ އެކްސްޕާޓުގެ މަގާމަށް އިންތިހާބުވީ ނިމިދިޔަ ދައުރުގައި ވެސް އެމަގާމުގައި ހުންނެވި ޢަބްދުﷲ ޝާހް އެވެ. އޭނާ އަށް ވެސް ވަނީ 36 ވޯޓު ލިބިފައެވެ.

 

މީގެއިތުރުން ފެމިލީ ރެޕްރެޒެންޓޭޓިވްއަކަށް 37 ވޯޓާއެކު ޝާދިޔާ އަބްދުލްހަމީދު، އެތްލީޓް ރެޕްރެޒެންޓޭޓިވްއަކަށް އިބްރާހިމް ރަބީޠު އިންތިހާބުވީ 40 ވޯޓާއެކުގައެވެ. އަދި އާންމު ދެ މެމްބަރުން ހޮވާއިރު، ތިން ބޭފުޅަކު ވަނީ ވާދަކުރައްވާފައެވެ.

 

އާންމު މެމްބަރުންގެ މަގާމަށް ވާދަކުރެއްވީ އިހްސާނާ މުޙައްމަދު، އާމިނަތު ޝިޔާނާ އަދި މުޙައްމަދު އަފްރާޙްއެވެ. މީގެތެރެއިން އިހްސާނާ އަށް 19 ލިބިލެއްވިއިރު، ޝިޔާނާ އަށް 40 އަދި އަފްރާހަށް 20 ވޯޓު ލިބިލެއްވިއެވެ.

 

އެހެންކަމުން އާންމު ދެ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ ޝިޔާނާ އާއި އަފްރާޙްއެވެ.

 

އެސްއޯ މޯލްޑިވްސްގެ އައު ހިންގާ ކޮމެޓީ އަށް ހޮވުނު ފަރާތްތަކަށް 'އޮއިވަރު' ގެ ކިޔުންތެރިންނާއި މުވައްޒަފުން އަދި މެނޭޖުމެންޓުގެ ފަރާތުން ތަހާނީ އާއި މުބާރަކްބާދީ އަރިސްކުރަމެވެ.

 

 


  • އެސްއޯ މޯލްޑިވްސް
  • ކޮމެންޓް