ޚަބަރު ރާއްޖެ

އެސްއޯ މޯލްޑިވްސްގެ ހިންގާ ކޮމެޓީ އަށް 'އޮއިވަރު' ގެ އަފްރާހް

އޮއިވަރު މީޑިއާގެ އެމްޑީ އަދި ޗީފް އެޑިޓަރ މުޙައްމަދު އަފްރާޙް - ފޮޓޯ: އެފްބީ

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) ގެ ކުރިއަށް އޮތް 4 އަހަރަަށް އެކުލަވާލި ހިންގާ ކޮމެޓީ އަށް 'އޮއިވަރު' މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެޑިޓަރ މުޙައްމަދު އަފްރާޙް އިންތިހާބުކޮށްފިއެވެ.

 

ޝީ ބިލްޑިންގ ގައި އޭޕްރިލް 17 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެސްއޯ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި އަފްރާޙް އެ މަގާމަަށް އިންތިހާބުވީ ވާދަކުރެއްވި ތިން ފަރާތުގެ ތެރެއިން ދެވަނަ އަށް އެންމެގިނަ ވޯޓު ހޯއްދަވައިގެންނެވެ.

 

އާންމު މެމްބަރުންގެ ގޮތުގައި ދެ މެމްބަރުން އިންތިހާބުކުރާއިރު، މި މަގާމަށް އިހްސާނާ މުޙައްމަދުއާއި އާމިނަތު ޝިޔާނާ އަދި މުޙައްމަދު އަފްރާޙް ވަނީ ވާދަކުރައްވާފައެވެ. މީގެތެރެއިން އިހްސާނާ އަށް 19 ލިބިލެއްވިއިރު، ޝިޔާނާ އަށް 40 އަދި އަފްރާހަށް ލިބިލެއްވީ 20 ވޯޓެވެ. އެހެންކަމުން އާންމު ދެ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ ޝިޔާނާ އާއި އަފްރާޙްއެވެ.

 

އެސްއޯ މޯލްޑިވްސްގެ ކުރިއަށްއޮތް ދައުރުގެ ޗެއަރޕާރސަންގެ މަގާމަށް އިބްރާހިމް ރަމީޒު (އިބޭ) އިންތިހާބުކޮށްފައިވަނީ މި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން 39 މެމްބަރުންގެ ވޯޓާއެކުގައެވެ. އަދި ސެކްރެޓަރީ ޖެނެރަލް / ނެޝަނަލް ޑިރެކްޓަރގެ މަގާމަށް މަރްޔަމް އަބްދުއްރަހީމް އާއި ފާތިމަތު ފައިރޫޒާ އާދަމް ވާދަކުރެއްވިއިރު، 20 ވޯޓު 21 ވޯޓުން އެމަގާމު މިހާރުވެސް އަދާކުރައްވާ ފައިރޫޒާއެވެ.

 

ޚަޒާންދާރުގެ މަގާމަށް 36 ވޯޓާއެކު، ޞަފްވާން ޝަމީމް އިންތިހާބުވިއިރު، އައިޓީ އެކްސްޕާޓުގެ މަގާމަށް އިންތިހާބުވީ ނިމިދިޔަ ދައުރުގައި ވެސް އެމަގާމުގައި ހުންނެވި ޢަބްދުﷲ ޝާހް އެވެ. އޭނާ އަށް ވެސް ވަނީ 36 ވޯޓު ލިބިފައެވެ.

 

ފެމިލީ ރެޕްރެޒެންޓޭޓިވްއަކަށް 37 ވޯޓު ހޯއްދަވައިގެން ޝާދިޔާ އަބްދުލްހަމީދު ކުރިހޯއްދެވިއިރު، އެތްލީޓް ރެޕްރެޒެންޓޭޓިވްއަކަށް އިބްރާހިމް ރަބީޠު އިންތިހާބުވީ 40 ވޯޓާއެކުގައެވެ.

 

އަފްރާހަކީ އެސްއޯ މޯލްޑިވްސް ވުޖޫދުވުމާއެކު ވޮލަންޓިއަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވަމުން ގެންދަވާ ފަރާތެކެވެ. އަދި ފުޓްބޯޅައިގެ ހަރަކާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަސްކޮށްދިނުމުގައި ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.

 

މީގެއިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުގެ 7 ވަނަ ދައުރުގެ މެމްބަރުކަން 15 ޑިސެމްބަރ 2020 ން 14 ޑިސެމްބަރ 2022 އަށް ކުރައްވާ، ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ނެޝަނަލް އެޑްވައިޒަރީ ކޮމެޓީގައި އެމްއެމްސީ ތަމްސީލު ކުރައްވާފައި ވެއެވެ. އަދި އެމްއެމްސީގެ މީޑިއާ ރިލޭޝަންސް ކޮމެޓީގެ މެމްބަރުކަމާއި އިނާމު ކޮމެޓީ އަދި ޕަބްލިކް ރިލޭޝަންސް ކޮމެޓީގެ މެމްބަރުކަމާއި ޖެންޑަރ އީކުއަލިޓީ ކޮމެޓީގެ މެމްބަރުކަން ވެސް ވަނީ ކުރައްވާފައެވެ.

 

ހަމަމިއާއެކު އެމްއެމްސީން އެކުލަވާލި އިންކުއަރީ ކޮމެޓީގެ ޗެއަރގެ މަގާމު ވެސް ފުރުއްވާފައި ވެއެވެ.

 


  • އެސްއޯ މޯލްޑިވްސް
  • ކޮމެންޓް
    ޖަޒްލާން
    މަރްހަބާ ކޮންއިރަކު ކާންދެނީ؟