ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުން 2025 ގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 9 ފަރާތަކުން ވަނީ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ސޮސައިޓީގެ 8 ފަރާތަކުންވެސް މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާކަމަށެވެ. އޭގެތެރެއިން، އެ ސޮސައިޓިގެ ރައީސް ހުސައިން ޝަރީފް ވެސް ވަނީ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
މާސްޓަރސް ހާސިލުކުރައްވާފައިވަނީ ޙުސައިން ޝަރީފް، ޢަބްދުލްރަޝީދު، އަޙްމަދު ފަޔާޒް، އަޙްމަދު އަޝްރަފް، ޒުބައިރު މަހްމޫދު، ޢަބްދުﷲ ޝާޒްލީ، މޫސާ މުޙައްމަދު، ޙުސައިން ޝަޔާޒް، މުޙައްމަދު ޖުލޫދު އެވެ. އަދި ބެޗްލަރ ޑިގްރީ ނިންމާފައިވަނީ މުޙައްމަދު ނާހިލް އާއި ފިރުނާޝް އިބްރާހިމްއެވެ.
މި ފަރާތްތަކުން ހާސިލުކުރެއްވި ކާމިޔާބީ އަކީ، ހަޔާތުގައި ކިތަންމެ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމުގައި ވިޔަސް، ހިތްވަރާއި ސާބިތުކަމާއެކު ކުރާ ހުރިހާ މަސައްކަތެއްގެ ވެސް ފޮނި ނަތީޖާ ނެރެވޭނެކަމުގެ ފުރިހަމަ މިސާލެކެވެ.