ރާއްޖެ ވިޔަފާރި

މުލަކަތޮޅަށް ތާރީހީ ދުވަހެއް، މުލި އެއަރޕޯޓުގައި ޓެސްޓް ފްލައިޓު ޖައްސައިފި

މުލަކަތޮޅު މުލީގައި ސަރުކާރުން ތަރައްގީކުރި އެއަރޕޯޓުގައި ޓެސްޓު ފްލައިޓް ޖައްސައިފިއެވެ.

 

އެ އަތޮޅުގެ ފުރަތަމަ އެއަރޕޯޓުގައި ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައިވަނީ ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ރަސްމީކޮށް އެއަރޕޯޓު ހުޅުވައިދެއްވާނީ މިފެށޭ ހަފުތާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

 

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްފައިވާ މި އެއަރޕޯޓުގެ ޢަމަލީ މަސައްކަތް 2021 ވަނަ އަހަރު ފެށިއިރު، މިއީ އެއަރޕޯޓް ތަރައްގީކުރުމަށް 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފައެވެ.



ޓެސްޓް ދަތުރަކީ ކޮމަރޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރާ ދަތުރެކެވެ. ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ވިދާޅުވީ އެސެސްމަންޓްތައް ނިންމައި، ވީހާވެސް އަވަހަށް ކޮމަރޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

 

މި އެއަރޕޯޓުގައި 1500 މީޓަރުގެ ރަންވޭއެއް ހިމެނޭއިރު، މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓުގެ މަޝްރޫއު ކުރިއަށްގެންދިޔައީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. މުލީގައި އެއަޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫއަކީ ސަރުކާރުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

 


  • ޓްރާންސްޕޯޓު މިނިސްޓްރީ
  • އެމްޓީސީސީ
  • ކޮމެންޓް