ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ސަސްޕެންޑުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ޕީއެންއެފް އިން ބޭއްވި ފްރަންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިފަދައިން ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ހޫނު ވެފައިވަނިކޮށްނެވެ.
އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައީސް އޮފީހުގައި މަސައްކަތް ކުރަމުންދާ ދާއޫދު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ވަކިކުރަންޖެހޭ ކަމަށެވެ. އަދި މިނިސްޓަރު އަމީން ވެސް މަގާމުން ވަކިކުރަންޖެހޭ ކަމަށެވެ.
މީގެއިތުރުން ތަހުގީގަށް ހުރަސްއަޅަން އަމީން ބޭނުން ނުވާނަމަ ކޮމިޝަނަރ އޮފް ޕޮލިސް އަށް ގުޅައިގެން ކުރަންޖެހޭ ކަމެއް ނެތްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މި ހާދިސާގައި ފުލުހުން ވެސް ފުރަތަމަ ކުށްވެރި ކުރަން އުޅުނީ އެ އަންހެން ކުއްޖާ ކަމަށެވެ. އަދި ފުލުހުން މިހާރު މަތިޖެހުމުގެ ބޭނުމުގައި ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ކަމަށް ވިދާޅުވިއެވެ.