މަޖީދިއްޔާ ސްކޫލު މުވައްޒަފުންނަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހެންވޭރު ނެއިބަހުޑް ޕޮލިހާއި ސްޕެޝަލް ރެސްޕޮންސް އެންޑް ޑިވެލޮޕްމަންޓް ޔުނިޓް ގުޅިގެން މި އެޕްރީލް މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މަގުސަދަކީ މުދައްރިސުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމެވެ.
މީގެއިތުރުން މުވާސަލާތުކުރުމުގެ ހުނަރު ތަރައްގީކޮށް، އެކަކު އަނެކަކަށް އިތުބާރުކުރުމުގެ މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރުމަކީ ވެސް މަގްސަދެކެވެ.
މި ހަރަކާތުގައި އެ ސްކޫލްގެ މުދައްރިސުން އެކި ބާވަތުގެ ޓީމު ބިލްޑިންގ މަސައްކަތްތަކުގައި ޝާމިލުވިއެވެ.
މިއީ ސްކޫލު މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ފަދަ ކާމިޔާބު ހަރަކާތެއްކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ހަރަކާތުގެ ސަބަބުން މުދައްރިސުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާވެގެން ދިޔަކަން އެ ސްކޫލުން ފާހަގަކޮށްފައިވެއެވެ.
ހަމަމިއާއެކު މިފަދަ ހަރަކާތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ޕްރިންސިޕަލާއި މުދައްރިސުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.