ކުރިއަށް ދެ އަހަރެއްގެ ތެރޭ، އަންހެނުންގެ ކޮމިޓީތަކަށް އެކަށީގެންވާ ހައްލު މިސަރުކާރުން ގެނެސްދެއްވާނެ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރއާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިންވިދާޅުވީ އެ މިނިސްޓްރީން ފެށި އަންހެންވެރިންގެ ސައްލާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރު ވަނީ ލާމަރުކަޒީ ގާނޫނުގައި އަންހެނުންގެ ކޮމިޓީތަކުގެ ދައުރު އަދާކުރުމުގައި ހުރި ގޮންޖެހުންތަކާއި، މުވައްޒަފުންގެ ދަތިކަމާއި، ޖާގައިގެ ދަތިކަމަށް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭ އެކަށީގެންވާ ހައްލު ލިބިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން މިހާރު ފެށިފައިވާ ކައުންސިލް އިމާރާތްތައް އަޅައި ނިމޭއިރު ޖާގައިގެ ދަތިކަން 70 އިންސައްތަ ކޮމިޓީއަށް ހައްލުވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފް ވަނީ ކޮމިޓީތައް ބާރުވެރިވެ، އަމިއްލަ އުފެއްދުންތެރިކަމުގެ ކޮމިޓީތަކަކަށް ވުމުގެ ވިސްނުމާއި، އާމްދަނީ ހޯދޭނެ މަގުތައްކޮށައި، އަމިއްލަ ފުދުންތެރިކަމުގައި ހިންގޭ ކޮމިޓީތަކަކަށް ވުމަށް މަސައްކަތްކުރުމަށް މިނިސްޓަރ އިލްތިމާސް ކުރައްވާފައެވެ.
"އަންހެންވެރިންގެ ސައްލާ" މާދަމާގެ ނިއަލަށް ކުރިއަށްދާއިރު، މިއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.