އިންޑިއާގައި މިހާރުކުރިއަށްދާ ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް ގައި ރާއްޖޭގެ ޓޫ އޮފް އަސް ސެމީފައިނަލަށް ހިނގައްޖެއެވެ.
ޓޫ އޮފް އަސް ސެމީ އަށް ދިޔައީ ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލްގެ ދެވަނަ ސީޒަންގެ ސެމީފައިނަލަށް ދިޔައީ މިއަދު ހަވީރު ބޭއްވި ޕާރފޯމޭޝަނަށްފަހުއެވެ. އެޓީމުގެ އިތުރުން ސްރީލަންކާގެ ނައިޓްސް އާއި މޮރިޝަސްގެ ނިކިލް އެންޑް ގޭންގް އާއި ތަޖަކިސްތާނުގެ ދިލްސޭއާއި ނޭޕާލްގެ ސްވާސްތިކް އަދި މޮރިޝަސްގެ އެވަރނެޓްސް ވެސް ވަނީ ސެމީން ޖާގަހޯދާފައެވެ.
މި މުބާރާތުގެ ސެމީފައިނަލް މާދަމާ ބާއްވާއިރު، އެއްޓީމު އެލިމިނޭޓުވާނެއެވެ. އަދި މެއި 3 ވަަނަ ދުވަހު ގްރޭންޑް ފިނާލޭގައި 5 ޓީމުގެ ހުށަހެޅުން އޮންނައިރު، އެންމެމޮޅު ތިން ޓީމު ހޮވާނެއެވެ.
ރާއްޖޭގެ ޓޫ އޮފް އަސް އިން މިހައިތަނަށް ހޯދަމުން އަންނަކާމިޔާބީ އަށް އިންޑިއާގެ މަޝްހޫރު ފަންނާނުން ވެސް އަންނަނީ ތައުރީފު ކުރަމުންނެވެ.
"ޓޫ އޮފް އަސް" އިން މި ހޯދި ކާމިޔާބީ އަށް 'އޮއިވަރު' ގެ ކިޔުންތެރިންނާއި މުވައްޒަފުން އަދި މެނޭޖުމެންޓުން މަރުހަބާ ކިޔަމެވެ. އަދި މުބާރާތުގެ އެންމެކާމިޔާބު ޓީމުގެ ގޮތުގައި އެނބުރި ރާއްޖެއައުމަކީ އުއްމީދެވެ.