ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލްގެ ގްރޭންޑް ފިނާލޭ މާދަމާ

ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލްގެ ގްރޭންޑް ފިނާލޭ ބާއްވާނީ މާދަމާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

 

މުނިފޫހިފިލުވުމުގެ ޚަބަރުތައް ފޫހިކަމެއްނެތި ގެނެސްދޭ 'މުނިއަވަސް' ގައި ބުނެފައިވަނީ ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ފައިނަލް ބާއްވާ ތާރީޚަށް ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

 

އެގޮތުން ގްރޭންޑް ފިނާލޭ ދެއްކުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހު 4 ވާ އާދީއްތަ ދުވަހުގެ ހަވީރު 5:30 ގައި ކަމަށް ވަނީ ބުނެފައެވެ. ގްރޭންޑް ފިނާލޭ މީގެކުރިން ބާއްވަން ނިންމާފައިއޮތީ މިއަދުއެވެ.

 

މުމްބާއީގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަަލަށް ރާއްޖޭގެ ޓޫ އޮފް އަސް ވަނީ ދަތުރުކޮށްފައެވެ. އެ ބޭންޑުން ފައިނަަލަށް ދިޔައީ މި މަހުގެ ދެވަނަ ދުވަހު އޮތް ސެމީފައިނަލުގައި ވާދަކޮށް ކާމިޔާބުހޯދައިގެންނެވެ.

 

މިއީ ދެކުނު އޭޝިއާގެ އެންމެ މަޝްހޫރު އެއް މިއުޒިކް މުބާރާތުގެ ގްރޭންޑް ފިނާލޭއަށް ރާއްޖޭގެ މިއުޒިކް ބޭނޑެއް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

 

ސެމީފައިނަލުގައި ސްރީލަންކާގެ ނައިޓްސް އާއި މޮރިޝަސްގެ ނިކިލް އެންޑް ގޭންގް އާއި ތަޖަކިސްތާނުގެ ދިލްސޭއާއި ނޭޕާލްގެ ސްވާސްތިކް އަދި މޮރިޝަސްގެ އެވަރނެޓްސް އަދި ތަޖަކިސްތާނުގެ ދިލްސޭ ވާދަކުރިއިރު، އެލިމިނޭޓުވީ ތަޖަކިސްތާނުގެ ދިލްސޭއެވެ.

 

ފައިނަލަށް ދަތުރުކުރި 5 ޓީމުގެ މެދުގައި ހުށަހެޅުން އޮންނައިރު، އެންމެމޮޅު ތިން ޓީމު ހޮވާނެއެވެ. 

 

"ޓޫ އޮފް އަސް" އިން މި ހޯދި ކާމިޔާބީ އަށް 'އޮއިވަރު' ގެ ކިޔުންތެރިންނާއި މުވައްޒަފުން އަދި މެނޭޖުމެންޓުން މަރުހަބާ ކިޔަމެވެ. އަދި މުބާރާތުގެ އެންމެކާމިޔާބު ޓީމުގެ ގޮތުގައި އެނބުރި ރާއްޖެއައުމަކީ އުއްމީދެވެ.

 


  • ޓޫ އޮފް އަސް
  • ކޮމެންޓް