އަވަށްޓެރި އިންޑިއާގައި ކުރިއަށްދިޔަ ރިއަލިޓީ ޝޯވ 'ބެޓްލް އިފް ބޭންޑްސް އިންޓަރނޭޝަނަލް' އިން ރާއްޖޭގެ ޓޫ އޮފް އަސް ތިންވަނަ ހޯދައިފިއެވެ.
އެ ބޭންޑަށް ތިންވަނަ ލިބުނީ މިއަދު ހަވީރު އޮތް ގްރޭންޑް ފިނާލޭގައެވެ. މިއީ ބައިނަލްއަގްވާމީ މިފަދަ މުބާރާތެއްގައި ރާއްޖޭގެ ޓީމެއް މަވަރުގެ ފަޚުރުވެރި ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ.
މުންބާއީގައި މި މުބާރާތް ކުރިއަށްދިޔައިރު، އިންޑިއާގެ ގިނަ ބަޔަކު ވަނީ ރާއްޖޭގެ ހުށަހެޅުންތަކުން އާޝޯހު ކޮށްލާފައެވެ. ހާއްސަކޮށް މިއުޒިކީ މައިދާނުގައި ފުންނާބު އުސް ފަންނާނުން ކަމަށްވާ އަނޫމާލިކް ފަދަ ތަރިންގެ ހިފެހެއްޓުމެއްނެތް ތައުރީފު ވަނީ ލިބިފައެވެ.
ޓޫ އޮފް އަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ހަމައެކަނި އެ ބޭންޑުގެ ކާމިޔާބީއެއް ނޫންކަމަށެވެ. މިއީ ރާއްޖޭން ބޭރުގައި ޕަރފޯމު ކުރިއިރުވެސް އެމީހުން ތިބީ އެކަނި ނޫންކަން އިހްސާސްކޮށްދިން ދިވެހީންގެ ކާމިޔާބީއެއް ކަމަށެވެ.
ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލްގެ ޗެމްޕިއަންކަން މޮރިޝަސްގެ 'އިބަނޭޒް' ހޯދިއިރު، ދެވަނަ ހޯދީ ސްރީލަންކާގެ ނައިޓްސް އެވެ.
ޓޫ އޮފް އަސް އިން ތިޔަވަނީ މުޅި ދުނިޔޭގެ ހިތް އަތުލާފައި ކަމެވެ. އަދި ތިޔަ ސާބިތުކޮށްދިނީ އާބާދީ މަދުނަމަވެސް ކުޅަދާނަ ފަންނުވެރިން 'މި ކުޑަކުޑަ' ރާއްޖޭގައި ވެސް ތިބިކަމެވެ.