ހުޅުމާލޭގައި މީހުން އުޅެންފެށިތާ 21 އަހަރު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކު ތެރޭގައި ހިމެނޭ މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗްޑީސީ) އާއި އުރީދޫ ގުޅިގެން ބާއްވާ ހަރަކާތެކެވެ. އަދި މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާލާފައެވެ.
އެގޮތުން https://t.co/blxSu47MT5 މި މަހުގެ 7 ވަނަ ދުވަހުގެ ކުރިން ފޯމު ފުރުމަށް ވަނީ އެދިލައްވާފައެވެ. މި ރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި 15 ވަނަ ދުވަހު ކަމަށްވާއިރު، ރޭސް ފަށާނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިންނެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ އެދުވަހުގެ ހަވީރު 4 ން ރޭގަނޑު 10 ޖަހަންދެނެވެ.
އެންމެ ގިނައިން މަސް ބާނާ ޓީމަކަށް 21،000 ރުފިޔާ، އަދި އެންމެ މޮޅު ކެޔޮޅަށް 5،000 ރުފިޔާގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ހާމަކުރައްވާފައެވެ.
މީގެއިތުރުން، ހުޅުމާލޭގައި މީހުން އުޅެންފެށިތާ 21 އަހަރު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފެސްޓިވަލެއް ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ފެސްޓިވަލް ހަފްތާއެއް ވަންދެން ބާއްވާނެ ކަަމަށް އެޗްޑީސީން ވަނީ ހާމަކުރައްވާފައެވެ.