އުފާވެރި ފެސްޓިވަލްގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް

އުފާވެރި ފެސްޓިވަލްގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

 

މިއީ ގައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ޖެންޑަރ މިނިސްޓްރީއާއި އެޗްޑީސީ ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް އޮންނާނީ ހުޅުމާލެ ފެސް-2 'ހިޔާ ޕާކު' ސަރަހައްދުގައެވެ.

 

މިނިސްޓްރީން ވިދާޅުވީ ކުޑަކުދިންގެ ހަވީރުގައި ރޮބޯމޭންގެ ހަރަކާތްތަކާއި، ފޯމް ޕާޓީ، ބައުންސިންގ ކާސަލް، ބައުންސިން ހޯސް ރައިޑިންގ އޮންނާނެ ކަމަށެވެ. އަދި ބުލް ބޭޝްއާއި އޯބީޒް ޝޫޓިންގއާއި ބަބުލް ހައުސްއާއި ވެކް އަ މޯލް ފަދަ ކުޑަކުދިން ޝައުގުވެރިވާ ތަފާތު ގިނަ ގޭމްތަކެއް އޮންނާނެކަމަށް ވިދާޅުވެއެވެ.

 

މީގެއިތުރުން އެތަނަށް ޒިޔާރާތްކުރާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބޭއިރު، ޓްރާންފޯމަރސް އާއި ކުޑަކުދިން ޝައުގުވެރިވާ ތަފާތު ކެރެކްޓަރތަކުގެ މެސްކޮޓްތައް ވެސް އެތަނުގައި ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މި ހަވީރު ކުރިއަށްދާނީ މެއި 10 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4 ން އިރޮއޮއްސި 6 ޖަހަންދެނެވެ.

 

މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ 8 ޖަހާއިރު، ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ މޫވީ ނައިޓެއް ހުޅުމާލޭ ފޭސް -2 ޕާކުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ މި މޫވީނައިޓަކީ އުރީދޫއާއި މިނިސްޓްރީ ގުޅިގެން އިންތިޒާމުކޮށްފައިވާ ހާއްސަ ހަރަކާތެއް ކަމަށް ވިދާޅުވެއެވެ.

 

 


  • ޖެންޑަރ މިނިސްޓްރީ
  • އެޗްޑީސީ
  • ކޮމެންޓް