ޔުމްނު ވެއްޓުނީ އަމިއްލައަކަށް ނޫން، ބަޔަކު ވައްޓާލީ: އާއިލާ

ޔުމްނުގެ ދައްތަ އިންޓަރވިއު ދެނީ

ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާ އިން ހައްވާ ޔުމްނު ރަޝީދު ވެއްޓޫނީ ނޫން ކަމަށާއި ވައްޓާލީ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

 

މިހެން ބުނީ ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ޔުމްނުގެ އާއިލާގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާގެ ދައްތައެކެވެ.

 

"ޔުމްނުގެ އަނގައިން ބުނީ އޭނާ އެތަނުން ފުންމައެއް ނުލަމޭ. އޭނާ އަމިއްލައަށް އެތަނުން ނުވެއްޓޭ."

 

ޔުމްނު ވެއްޓުނުއިރު، އެތާނގައި ރައުދުގެ އިތުރުން ހަތަރު މީހަކު ތިބި ކަމަށާއި އެ ގެއަށް ދިޔައީ ޔައްސާރު ނަމަކަށް ކިޔާ މީހަކު ދިން ދައުވަތަކަށް ކަމަށް ޔުމްނު ބުނި ކަމަށް ވެސް ދައްތަ ބުންޏެވެ. އަދި އެ ގޭގެ ލޮކޭޝަން ފޮނުވީ ވެސް ޔައްސާރު ކަމަށް ބުންޏެވެ.

 

ޔައްސާރަކީ މި މައްސަލައިގައި ތުހުމަތުކުރާ 9 މީހުންގެ ތެރޭ ހިމެނޭ، ހ. މީނާޒް ޔޫސުފް ޔައްސާރު އަބްދުލްޣަފޫރުއެވެ.

 

ޔުމްނުގެ ދައްތަ ބުނީ މި މައްސަލައިގާ ފުލުހުންނާއި މައްސަލަ ބަލަން އުފެއްދި ކޮމިޝަނުން ކަން ކުރަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އެ ކޮމިޝަނުން އާއިލާގެ ބަހެއް މިހާތަނަށް ވެސް ހޯދާފައިނުވާކަމަށް ވަނީ ބުނެފައެވެ.

 

އޭނާ ވެއްޓުނު ގޭގައި ކެމެރާއެއް ނުހުންނަ ކަމަށާއި އެއީ ރެންޑަމް ގެއެއް ކަމަށް ފުލުހުން ބުނެ ދޮގުހަދާފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައެވެ. ޔުމްނުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފުލުހުން ހަދަނީ ދޮގެވެ. އަދި މި ހާދިސާގައި އެންމެ ބޮޑު މައްސަލައަކީ ބަޔަކު މިކަން ކުރުމަށްފަހު ޔުމްނު، މަރުވާން ފުރާޅު މައްޗަށް ދޫކޮށްލުން ކަމަށާއި އެ ކަން ކުރި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ބޭނުންވާ ކަމަށް ވެސް އާއިލާގެ ފަރާތުން ޔުމްނުގެ ދައްތަ ބުންޏެވެ.

 

މި މައްސަލައިގައި ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ، ޒުވާނުން ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ވެސް ކޮށްފައެވެ.

 


  • ޔުމްނު ވެއްޓުން
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް
    އަހާ
    މި މައްސަލާގައި ނިއުޅެމުންދާ ސުވާލުތަކާއި، ނޫސްވެރިންގެ ހޯދުންތައް ދުނިޔޭގެ ފެންވަރުން މިނަމުން ދާއިރު، ރޭގަ ޔުމްނުގެ ޢާއިލާއިން ކަމަށްބުނެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މިވަގުތާ ހިސާބަށްވެސް ނުހޯދުނު ބައެއް ސުވާލުތައް. 1. ޔުމްނު ފުރާޅުމައްޗަށް ވެެއްޓުނީތޯ ނުވަތަ ވައްޓާލީތޯ؟ (އިތުރު ބަޔަކު ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ޢާއިލާއިން ބުނާ ބުނުމުގެ މައްޗަށް ބިނާކޮށް) 2. އެތަނުގަ ތިބިކަމަށް ބުނާ މީހުންނަކީ ކޮންބައެއްތޯ؟ 3. އެބަޔަކު ތިބީ ކީއްކުރަން ކޮންތާކުތޯ؟ 4. ޔުމްނުއާ އެމީހުނާ އޮތީ ކޮންގުޅުމެއްތޯ؟ 5. އެއްވެސް ގުޅުމެއް ނެތްނަމަ އެރޭ އެމީހުންނާއެކު ޔުމްނު އުޅެފައިވަނީ ކިހިނެއް ކޮންގޮތަކުންތޯ؟ 6. ސީސީޓީވީން އެފެންނަ މަންޒަރުތަކަކީ އަސްލެއްތޯ ނުވަތަ ފެބްރިކޭޓެއްތޯ؟ 7. ކުރިންވެސް އެ ގެއަށް ޔުމްނު ގޮސްފައިވާކަމަށް ޔުމްނު ބުނަނީ ކޮންކަމަކުތޯ؟ ކީއްކުރަންތޯ؟ ކޮންބަޔަކާ އެކީތޯ؟ 8. ބައްދަލުވުމުގެ މެދުތެރެއިން ފޯނުކޯލެއް އައީ ކާކުގެ ފަރާތުންތޯ؟ 9. އެ ފޯނުކޯލުގަ ދެވުނީ ކޮން އިރުޝާދެއްތޯ؟ 10. ސަރުކާރުން އެއްވެސް އެހީތެރިކަމެއް ނުދޭކަމަށް ޢާއިލާއިން ބުނާއިރު، އެންސްޕާ މެދުވެރިކޮށް މިހާތަނަށް މިކަހަލަ ކޭސްއެއްގަ މީހަކަށް ދިންކަމަށް ބުނާ 25000 ޑޮލަރު ޢާއިލާއިން ޙަވާލު ނުވަނީތޯ؟ 11. މިހާތަނަށް ޔުމްނުގެ ބޭސްފަރުވާއަށް ހިގާފަވާ ޚަރަދަކީ ކޮބައިތޯ؟ 12. ޔުމްނުގެ މިހާރުގެ ޙާލަތަކީ ކޮބައިތޯ؟