ހއ. އިހަވަންދޫ ސްކޫލުން ބެލެނިވެރިންނަށް އަމާޒުކޮށްގެން އިންކްލޫސިވް އެޑިޔުކޭޝަން ސިޔާސަތާއި ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވުމުގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ސަޕޯޓް ޕްރޮގްރާމްގެ ދަށުން ހިންގި ސެޝަންތަކުގެ ތެރެއިން ބައެކެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބެލެނިވެރިންނަށް އިންކްލޫސިވް އެޑިޔުކޭޝަން ސިޔާސަތުގެ މުހިންމުކަމާއި، އެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް ފޯރުކޮށްދެވޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ވަނީ ހިއްސާކުރެވިފައެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ވަނީ އިސްކަމެއް ދެވިފައެވެ.
އެ ސްކޫލުގައި އިންކްލޫސިވް އެޑިޔުކޭޝަނަށް އަމާޒުކޮށްގެން މުދައްރިސުންނަށް ވެސް ވަނީ ތަމްރީނު ޕްރޮގްރާމެއް ބާއްވާފައެވެ. މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނީ މުހިންމު މުހިންމު ދާއިރާއަކަށެވެ.
އޭގެތެރޭގައި ޔުނިވަރސަލް ޑިޒައިން ފޮރ ލަރނިންގ، ކޮމްޕްލެކްސް ލަރނިންގ ޕްރޮފައިލް ހުންނަ ދަރިވަރުންނަށް ކިޔަވައިދިނުން އަދި ސްކޫލް ރިފަރަލް ސިސްޓަމް ހިމެނެއެވެ. މި ތިން ދާއިރާއިން މުދައްރިސުންނަށް މުހިންމު މައުލޫމާތު ފޯރުކޮށްދެވުނެވެ.
މިއީ މުދައްރިސުންގެ ހުނަރު ތަރައްގީކުރުމަށާއި، ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދެވުނު މުހިންމު ޕްރޮގްރާމެކެވެ.