ޚަބަރު ރާއްޖެ

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެމްބަރުކަމަށް 10 ފަރާތެއް ކުރިމަތިލައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރުކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މި ފަރާތްތަކުގެ ނަންތައް ދިރާސާކޮށް، އެ ކޮމިޝަނަށް ބޭފުޅުން އައްޔަން ކުރެއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މިހާރުވަނީ ފޮނުވާފައެވެ.

މި ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ، މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް، ސަފާ ޝަފީގު، ދ. މީދޫ، ބިއްލޫރިވިލާ، އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި، އިބްރާހިމް މުހައްމަދު، ގ. ވިންޑް އެވެ. އަދި މޫސާ ރިޟުވާން، މ. ހާވިލާ، ފާރިސް ތޯހާ، ހ. ސޯސަން، ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580، މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ، ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. މީގެތެރެއިން 4 މެންބަރުންނެވެ. އަދި ތިން މެންބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މީގެތެރެއިން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިހާބަކުން އައްޔަން ކުރައްވާ ފަރާތްތައް މިހާރުވަނީ އިންތިހާބަކާނުލާ އައްޔަންވެފައެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދު އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފް އެވެ.


  • އެމްއެމްބީސީ
  • ބްރޯޑްކޮމް
  • އެމްއެމްސީ
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް